ދިވެހި ރާއްޖޭގެ ސިޔާސީ މަސްރަހަށް ނަޒަރު ހިންގާލާއިރު ފެންނަމުން މިދަނީ މއ ކިބިގަސްދަށުގޭ މައުމޫނުއަބްދުލްޤައްޔޫމުގެ ހުދުމުހުތާރު ތިރީސް އަހަރުވީ ކަޅު އަނދިރި ނާމާން ސޮފްހާތަކެވެ. ދިވެހިންގެ ދިރިއުޅުން ނިކަމެތިކޮށް، ދިވެހިން ހެއްލުންތެރިކަމާއި އެކު އަޅުދާސްތުކުރި ދިގު ވެރިކަމުގެ ނިމުމުގެ ސިއްކަ ޖެހެމުންދާއިރު އަލުން އަނބުރާ ދިވެހިން ނިކަމެތި ކުރި ވެރިކަން ހޯދުމަށް މައުމޫނުއަބްދުލްޤައްޔޫމް ދަނީ ފައި ވިއްދަމުންނެވެ. ދިވެހިން އެ މޫނަކަމަށް ނަފްރަތު ކުރާ މއ ކިނބިގަސްދަށުގޭ މައުމޫނުއަބްދުލްޤައްޔޫމަށް އެކަން ހަޖަމު ނުކުރެއްވޭ ހާލުގައެވެ. ކޮންމެއަކަސް މިފަހަރު ދިވެހިން ތިބެންވަނީ ހޭއަރައިގެންނެވެ. ކުޑަ ކާފު ބޮޑިކާފުގެ ޒަމާނާއި ވޯޓު ފޮށީ ބަނޑުއަޅައިގެން ބިރުދެއްކި ދުވަސްތައް މިހާރު ދިވެހިން މިވަނީ ތަޖުރިބާ ކޮށްފައެވެ. އެހެންކަމުން އޭގެ ބަދަލު ހޯދުމަށްޓަކައި ނަމަވެސް މިފަހަރު ކާމިޔާބު ހޯދާންވާނީ ދިވެހި ރައްޔިތުންނެވެ. މިއީ ދިވެހި ރައްޔިތުންގެ ފަހަރެވެ. އިތުރު ތަފްސީލް.
About Me
Blog Archive
Links
މައުމޫނުގެ ވެރިކަމަށް "ނޫނެކޭ" ބުނޭ
ހުދުމުހުތަރު ތިރީސް އަހަރު.... އަނިޔާވެރި ތިރީސް އަހަރު..... ހިޔާނާތުގެ ތިރީސް އަހަރު........ ލާދީނީ އޮޔެވަރު ފެތުރި ތިރީސް އަހަރު...... ވެރިކަން ދަމަހަށްޓަން ރައްޔިތުން ނިކަމެތިކުރި ތިރީސް އަހަރު...... ޢާއިލާ މީހުންނާއި ރައްޓެހިންނަށް މަޤާމުތައް ދިން ތިރީސް އަހަރު..... ވޯޓު އޮޅުވާލި ތިރީސް އަހަރު.....!!!!
ދިވެހި ރާއްޖޭގެ ތާރީޙް ދުން އެންމެ އަނިޔާވެރި ހުދުމުހުތާރު ވެރިޔާ މއ ކިބިގަސްދަށުގޭ މައުމޫނުއަބްދުލްޤައްޔޫމުގެ އަޅުވެތިކަމުން ދިވެހި ޤައުމު ސަލާމަތް ކުރުމަށް މިއަހަރު ބޭއްވޭ ރިޔާސީ އިންތިހާބުގައި "މައުމޫނަށް ނޫނެކޭ ބުނޭ" !!
ވޯޓު ލުމުގެ ހައްޤަކީ 18 އަހަރުވެފައިވާ ކޮންމެ ދިވެހި ރައްޔިތަކަށް ލިބިގެންވާ ހައްޤެކެވެ. މި ހައްޤު އަދާކޮށް، އަޅުގަނޑުމެންނަށް ތަޖުރިބާ ކުރަންޖެހުނު އަނިޔާވެރިކަމާއި، މަކަރާއި ހީލަތްތެރިކަމުގެ ސުންޕާވެރިކަމުން އަޅުގަނޑުމެންގެ ދަރިން ސަލާމަތްކުރުމަށް "މައުމޫނުގެ ވެރިކަމަށް "ނޫނެކޭ" ބުނޭ !!
އޭޝިޔާ ބައްރުގައި ހުރި އެންމެ ގިނަ ދުވަސްވީ ވެރިޔަކީ މައުމޫނު، މިއީ ޝަރަފެއްނޫން، މިއީ ބޮޑު ލަދެއް !!
މީ އަހަރުމެންގެ ފަހަރު، މިފަހަރު ދިވެހި ރައްޔިތުން ބުނާނީ:
މައުމޫނުގެ ސިޔާސަތު، ހެއްލުންތެރިކަމާއި އޮޅުވާލުމުގެ ނަމޫނާއެއް...