ރިޔާސީ ގަނޑުވަރަށް ނާށިގަނޑު ހިފައިގެން ސަލާންޖަން ދުވަން ނުޖެހޭ ބިލު، ޑީއާރުޕީގެ ނުރުހުމާއިއެކު ބަލައިގަންފި


ވެލްފެއަރ ކަންތައްތައް އެއް މުއައްސަސާއަކުން ފޯރުކޮށްދިނުމާއި ބެހޭ ގޮތުން ދ އަތޮޅު މެންބަރު އަހްމަދު ނާޝިދު ހުށަހެޅި ބިލު ޑީއާރުޕީގެ އެއްބާރުމުން ނެތި ރައްޔިތުން މަޖިލީހުން ބަލައިގަތުމަށް މިއަދު ފާސްކޮށްފިއެވެ. ވެލްފެއަރ ބިލަކީ ވެލްފެއަރ ކަންތައްތައް ޒިންމާދާރު، ހާމަކަން ބޮޑުގޮތެއްގައި ގެންދިއުމަށްކަމަށާއި، އެކިއެކި އިދާރާތަކުން ވެލްފެއަރ ކަންތައް ގެންދިއުމުން ޚަރަދު ބޮޑުވާގޮތްދިމާވާތީއާއި އެހީ ދިނުމުގައި ތަފާތު މިންގަޑުތަކާއި ތަފާތު ކުރެވުންތައް ގެންގުޅޭތީ އެކަންކަން ހުއްޓުވުމަށްކަށް ގެނައުމަށް ދ މެންބަރު އަހްމަދު ނާޝީދު ހުށަހެޅުއްވި ބިލެކެވެ. މި ބިލު ބަލައިގަތުމަށް ޑީއާރުޕީއަށް ނިސްބަތްވާ މެންބަރުން ދެކޮޅު ހަދަމުން ދިޔައިރު، އިދިކޮޅުފަރާތްތަކުން ދިޔައީ ރައީސް މައުމޫނު ނަޖާއިޒުގޮތުގައި މަޤާމާއި ނުފޫޒު ބޭނުންކޮށްގެން، ހަމަހަމަކަމެއްނެތި ދިވެހި ރައްޔިތޔުންނަށް އެހީ ފޯރުކޮށްދިނުން ހުއްޓާލައި، އިންސާފުންއެކަން ކުރުމަށްޓަކައި ބިލު ބަލައިގަނެ ދިރާސާކުރުމަށް ފަހު އެބިލަށް ޤާނޫނެއްގެ ސިފަގެނައުމަށް ވަކާލާތު ކުރަމުންނެވެ.އިތުރު ތަފްސީލް

Layout and design by - Suren Suren