މައުމޫނަށް ދީނީ ޢިލްމުވެރިންގެ ރައްދު

16 ސެޕްޓެމްބަރު 2008 ވީ އަންގާރަދުވަހުރޭ ޓީވީމޯލްޑިވްސްގެ "ސިޔާސަތު" ޕްރޮގްރާމްގައި އިސްލާމް ދީނުގެ ޙުކުމްތަކާ ބެހޭގޮތުން ޑީއާރުޕީގެ ޒަޢީމު މައުމޫން ޢަބްދުލްޤައްޔޫމް ދެއްކެވި ވާހަކަތަކާ ބެހޭގޮތުން ރާއްޖޭގެ 43 ދީނީ ޢިލްމުވެރީން ރައްދުގެ ފަތުވާއެއް ވަނީ ނެރެފައެވެ.

މައުމޫނަށް ޢިލްމުވެރިގެ ގޮވާލުން

އަޅުގަނޑުމެންނަކީ އިސްލާމް ދީން ކިޔަވައިގެން އެދީން ފެތުރުމަށާއި ދީނުގެ ޙައްޤު ބަސް މީސްތަކުންނަށް އަންގައި ދިނުމުގެ މަސްއޫލިއްޔަތު ﷲގެ ޙަޟުރަތުން އުފުލައިގެން ތިބި ބަޔަކު ކަމުގައިވާތީވެ އަލްއުސްތާޛު މައުމޫނު ޢަބްދުލް ޤައްޔޫމުގެ އިސްލާމް ދީނާ ޚިލާފު މިޢަމަލުތަކަށް އިންކާރުކޮށް އޭނާއަށް މިކަންތައްތަކުން އެއްކިބާވެ ޙައްޤުމަގަށް ރުޖޫޢަވުމަށާއި އޭނާގެ ޢަޤީދާ އިޞްލާޙު ކުރުމަށާއި މާތް ﷲ އަށް ބިރުވެތިވެ ތައުބާވުމަށް އެދި އިލްތިމާސްކޮށް ގޮވާލަމެވެ. އަދި ރާއްޖޭގައި ތިއްބެވި ޢިލްމުވެރިންގެ ތެރެއިން އަޅުގަނޑުމެންގެ މިބަޔާނުގައި މިވަގުތަށް ހިމެނިފައިނެތް ބޭފުޅުންނަށް ވެސް އެބޭފުޅުންގެ އިސްތަށިފުޅުގައި މާތް ﷲ އަޅުއްވާފައިއޮތް ޒިއްމާ އަދާކުރެއްވުމަށް އެދޭޙާލު، އެބޭފުޅުންގެ ފަރާތްޕުޅުން ވެސް މައުމޫނުގެ އަރިހަށް ނަޞީޙަތުގެ ބަސްފުޅެއް ލިއުއްވުމަށާއި އޭނާގެ ކިބައިން ޙައްޤުމަގަށް ރުޖޫޢަވެ ވަޑައިގަތުމަށް އެދި ދެންނެވުމަށް ވަޞިއްޔަތްކުރަމެވެ. އިތުރު ތަފްސީލް.. .

ކުޑަ ކުޑަ އަންހެން ކުއްޖަކަށް އަދުގެ ސަރުކާރުން ދޭ އަނިޔާ،

މައުމޫނުއަބްދުލްޤައްޔޫމްގެ ސަރުކާރުން ކުރާ އަނިޔާގެ ވަހަކަތަކަކީ އަބަދުވެސް ދައްކާވާހަކަތަކެވެ. އަދި އެއީ ދައްކާ ކޮޅުން ލާނޭ ވާހަކަތަކެއްވެސް ނޫނެވެ. ނަމަވެސް މިފަދަ އަނިޔާއެއްގެ ވާހަކަ މީގެ ކުރިން އަޑުއެހީމުތޯއެވެ. އަޑު އައްސަވާށެވެ. ހުންއައިސްގެން ފަރުވާހޯދުމަށް ގދ ތިނަދޫ ރީޖިނަލް ހޮސްޕިޓަލަށް ދިޔުމުން ފަރުވާދިނުމުގައި ޑޮކްޓަރު ވީހުމާލެއްގެ ސަބަބުން އުމުރުން އެންމެ ތިން އަހަރުގައި ގދ ފަރެސް ހަނދުވަރީގޭ އައިޝަތް އިޔާންގެ އިވުން އަބަދަށް ގެއްލުމުން، އެ ކުއްޖާއަށް މިއަދުގެ ސަރުކާރުން މިދޭ އަނިޔާގެ ވާހަކަ އަޑު އައްސަވާށެވެ.
އިތުރު ތަފްސީލް

ލާދީނީ ވެރިޔާ މައުމޫނު، މުނާފިޤުކަމުގައި ހައްދު ފަހަނަ އަޅާފަ ހުރި ނުބައި ޖައްބާރެއް،



ޑީއާރުޕީގެ ޒައީމް އަދި މި ރާއްޖޭން އިސްލާމްދީން ނައްތާލާ، ލާދީނީ އޮޔެވަރު ފަތުރަން މަސައްކަތްކުރި ނުބައި ޖައްބާރުވެރިޔާ މއ ކިބިގަސްދަށުގޭ މައުމޫނުއަބްދުލްޤައްޔޫމު އިންތިހާބުގައި ފޭލިވެދާނެކަން ޔަޤީންވެ، ކިޔޭނުކިޔޭއެއް ނޭނގި މިހާރު މިކިޔަނީ ކޮން ލަވައެއްތޯ ބަލާލަން އެބަޖެހެއެވެ. މައްޗަންގޮޅީ ރައްޔުންނާއި ބައްދަލުކުރައްވުމަސް މިދިޔަ ބުރާސްފަތިދުވަހު އަހްމަދިއްޔާ ސުކޫލްގައި ބޭއްވި ބައްދަލުވުމެއްގައި ޑީއާޕީގެ ރިޔާސީ ކެނޑިޑޭޓް މައުމޫނުއަބްދުލްޤައްޔޫން ވިދާޅުވީ މި ފަހަރު ބޭއްވޭ ރިޔާސީ އިންތިހާބަކީ ވާދަވެރި އިންތިހާބެއް ނޫންކަމަށެވެ. މައުމޫނު ވިދާޅުވީ މިފަހަރު ބާއްވާ އިންތިހާބަކީ ރާއްޖޭގައި އޮންނާނީ އިސްލާމްދީންތޯ ނުވަތަ ނޫންތޯ ކަނޑައަޅާ އިންތިހާބެއްކަމަށެވެ އިތުރު ތަފްސީލް.ެ

ރައީސް މައުމޫނުގެ ވެރިކަން ވައްޓާލަންވީ ހަމަ މަގުމައްޗައް ނުކުމެގެންތަ؟


18 ސެޕްޓެމްބަރު 2008 ވަނަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގައި ވާހަކަ ފުޅު ދައްލަވަމުން ލ އަތޮޅު މެންބަރު މޫސާ މަނިކު ވިދަޅުވީ ޖުޑީޝަލް ސަރވިސް ކޮމިޝަންއަށް ސުޕްރީމް ކޯޓު ކޮންޓްރޯލްކުރެވިގެން ނުވާނެކަމަށާއި، އެކަން އެގޮތަށްކުރަން ނިންމައިފިކަމުގައި ވާނަމަ، އިންޞާފު ހޯދަން މަގުމައްޗަށް ނުކުންނާނެކަމަށެވެ. އެގޮތުން އެކަން އެގޮތައް ވެއްޖެނަމަ އެއްވެސް އިންތިހާބެއްގައި ވޯޓު ނުލުމަށް މުޅި ރާއްޖެއަށް މޫސާ މަނިކު ގޮވާލެއްވިއެވެ. އަދި ރައްޔިތުން ނުކުމެ މަގުމަތިން މިކަން ނިންމުން ނޫންގޮތެއް ނޯންނާނެކަމަށާއި އެގޮތަށް ނުކުމެއްޖެނަމަ ސަރުކާރުން ބިރުވެސް ގަންނާނެކަމަށް މޫސާ މަނިކު ވިދާޅުވިއެވެ. އިތުރު ތަފްސީލް.

ރީނދޫ ކުލައިން މަރުހަބާ ކިޔާތީ ޑީއާރުޕީގެ ޒައީމު ކަންބޮޑެއްނުވެޔޯ ؟ ދެންމިވަނީ ކިހިނެތް ؟


ޑީއާރުޕީގެ ޒައީމު އަދި ހުދުމުހުތާރު ވެރިޔާ މައުމޫނުއަބްދުލްޤައްޔޫމު ކެންޕޭން ދަތުރުފުޅުގައި އަތޮޅު ތެރެއަށް ވަޑައިގެންނެވުމުން ބައެއްރަށްރަށުން ރީނދޫ ކުލައިން މަރުހަބާ ކިޔާތީ އެކަމާއި ކަންބޮޑު ނުވާކަމަށް ވިދާޅުވެ، ހަމައެބީދައިން ކޮންމެ ރަށަކުން ރީނދޫ ކުލައިން މަރުހަބާކިޔާނަމަ ހަމަ އެގޮތަށް ޖަވާބުދާރީވާން ވިސްނަމުންދާކަމަށް މައުމޫނު ކެންޕޭން އޮފީހުން ބުންނަފައިއެވެ. މިވަނީ ކިހިނެތްބާއެވެ. ޒައީމު ކަންބޮޑެއްނުވެއެވެ. އެކަމަކު ކެންޕޭން އޮފީހުން ރައްދުދޭން ވިސްނަންފަށައިފިއެވެ.އިތުރު ތަފްސީލް

Layout and design by - Suren Suren