ރީނދޫ ކުލައިން މަރުހަބާ ކިޔާތީ ޑީއާރުޕީގެ ޒައީމު ކަންބޮޑެއްނުވެޔޯ ؟ ދެންމިވަނީ ކިހިނެތް ؟


ޑީއާރުޕީގެ ޒައީމު އަދި ހުދުމުހުތާރު ވެރިޔާ މައުމޫނުއަބްދުލްޤައްޔޫމު ކެންޕޭން ދަތުރުފުޅުގައި އަތޮޅު ތެރެއަށް ވަޑައިގެންނެވުމުން ބައެއްރަށްރަށުން ރީނދޫ ކުލައިން މަރުހަބާ ކިޔާތީ އެކަމާއި ކަންބޮޑު ނުވާކަމަށް ވިދާޅުވެ، ހަމައެބީދައިން ކޮންމެ ރަށަކުން ރީނދޫ ކުލައިން މަރުހަބާކިޔާނަމަ ހަމަ އެގޮތަށް ޖަވާބުދާރީވާން ވިސްނަމުންދާކަމަށް މައުމޫނު ކެންޕޭން އޮފީހުން ބުންނަފައިއެވެ. މިވަނީ ކިހިނެތްބާއެވެ. ޒައީމު ކަންބޮޑެއްނުވެއެވެ. އެކަމަކު ކެންޕޭން އޮފީހުން ރައްދުދޭން ވިސްނަންފަށައިފިއެވެ.އިތުރު ތަފްސީލް

ރިޔާސީ ގަނޑުވަރަށް ނާށިގަނޑު ހިފައިގެން ސަލާންޖަން ދުވަން ނުޖެހޭ ބިލު، ޑީއާރުޕީގެ ނުރުހުމާއިއެކު ބަލައިގަންފި


ވެލްފެއަރ ކަންތައްތައް އެއް މުއައްސަސާއަކުން ފޯރުކޮށްދިނުމާއި ބެހޭ ގޮތުން ދ އަތޮޅު މެންބަރު އަހްމަދު ނާޝިދު ހުށަހެޅި ބިލު ޑީއާރުޕީގެ އެއްބާރުމުން ނެތި ރައްޔިތުން މަޖިލީހުން ބަލައިގަތުމަށް މިއަދު ފާސްކޮށްފިއެވެ. ވެލްފެއަރ ބިލަކީ ވެލްފެއަރ ކަންތައްތައް ޒިންމާދާރު، ހާމަކަން ބޮޑުގޮތެއްގައި ގެންދިއުމަށްކަމަށާއި، އެކިއެކި އިދާރާތަކުން ވެލްފެއަރ ކަންތައް ގެންދިއުމުން ޚަރަދު ބޮޑުވާގޮތްދިމާވާތީއާއި އެހީ ދިނުމުގައި ތަފާތު މިންގަޑުތަކާއި ތަފާތު ކުރެވުންތައް ގެންގުޅޭތީ އެކަންކަން ހުއްޓުވުމަށްކަށް ގެނައުމަށް ދ މެންބަރު އަހްމަދު ނާޝީދު ހުށަހެޅުއްވި ބިލެކެވެ. މި ބިލު ބަލައިގަތުމަށް ޑީއާރުޕީއަށް ނިސްބަތްވާ މެންބަރުން ދެކޮޅު ހަދަމުން ދިޔައިރު، އިދިކޮޅުފަރާތްތަކުން ދިޔައީ ރައީސް މައުމޫނު ނަޖާއިޒުގޮތުގައި މަޤާމާއި ނުފޫޒު ބޭނުންކޮށްގެން، ހަމަހަމަކަމެއްނެތި ދިވެހި ރައްޔިތޔުންނަށް އެހީ ފޯރުކޮށްދިނުން ހުއްޓާލައި، އިންސާފުންއެކަން ކުރުމަށްޓަކައި ބިލު ބަލައިގަނެ ދިރާސާކުރުމަށް ފަހު އެބިލަށް ޤާނޫނެއްގެ ސިފަގެނައުމަށް ވަކާލާތު ކުރަމުންނެވެ.އިތުރު ތަފްސީލް

މައުމޫނުގެ ސިޔާސަތު، ހެއްލުންތެރިކަމާއި އޮޅުވާލުމުގެ ނަމޫނާއެއް...



ދިވެހި ރާއްޖޭގެ ސިޔާސީ މަސްރަހަށް ނަޒަރު ހިންގާލާއިރު ފެންނަމުން މިދަނީ މއ ކިބިގަސްދަށުގޭ މައުމޫނުއަބްދުލްޤައްޔޫމުގެ ހުދުމުހުތާރު ތިރީސް އަހަރުވީ ކަޅު އަނދިރި ނާމާން ސޮފްހާތަކެވެ. ދިވެހިންގެ ދިރިއުޅުން ނިކަމެތިކޮށް، ދިވެހިން ހެއްލުންތެރިކަމާއި އެކު އަޅުދާސްތުކުރި ދިގު ވެރިކަމުގެ ނިމުމުގެ ސިއްކަ ޖެހެމުންދާއިރު އަލުން އަނބުރާ ދިވެހިން ނިކަމެތި ކުރި ވެރިކަން ހޯދުމަށް މައުމޫނުއަބްދުލްޤައްޔޫމް ދަނީ ފައި ވިއްދަމުންނެވެ. ދިވެހިން އެ މޫނަކަމަށް ނަފްރަތު ކުރާ މއ ކިނބިގަސްދަށުގޭ މައުމޫނުއަބްދުލްޤައްޔޫމަށް އެކަން ހަޖަމު ނުކުރެއްވޭ ހާލުގައެވެ. ކޮންމެއަކަސް މިފަހަރު ދިވެހިން ތިބެންވަނީ ހޭއަރައިގެންނެވެ. ކުޑަ ކާފު ބޮޑިކާފުގެ ޒަމާނާއި ވޯޓު ފޮށީ ބަނޑުއަޅައިގެން ބިރުދެއްކި ދުވަސްތައް މިހާރު ދިވެހިން މިވަނީ ތަޖުރިބާ ކޮށްފައެވެ. އެހެންކަމުން އޭގެ ބަދަލު ހޯދުމަށްޓަކައި ނަމަވެސް މިފަހަރު ކާމިޔާބު ހޯދާންވާނީ ދިވެހި ރައްޔިތުންނެވެ. މިއީ ދިވެހި ރައްޔިތުންގެ ފަހަރެވެ. އިތުރު ތަފްސީލް.

. . ....އަނިޔާވެރިކަމާއި ދެކޮޅަށް ކުރާ ދިގު ދަތުރައް އެރުމުގެ ކުރިން



ތިރީސް އަހަރުގެ ދިގު ހުދުމުތާރު ވެރިކަމެއް މިރާއްޖޭއްގައި ދެމިގެން ދާއިރު، މިރާއްޖޭގެ ރައްޔިތުން މިތިބީ އަޅުވެތިކަމެއްގެ ތެރޭގައިއެވެ. ރައްޔިތުންގެ ހަޤީގީ މިނިވަންކަށް ގެއްލި، އެންމެ މީހެއްގެ މުށުތެރެއަށް ރައްޔިތުންގެ ހައްގުތައް ބައްކޮށްގެން ވެރިކަން ދެމެހެއްޓުމަށް ރައްޔިތުން ނިކަމެތިކުރަމުންދާއިރު، މި ނިކަމެތި ކަމުން މިންޖުވުމަކީ ހަމަ ކޮންމެ ދިވެހި ދަރިއެއްގެވެސް އެންމެ ބޮޑު އުންމީދެވެ. މި ރާއްޖެ ނޫން އެހެން ރާއްޖެއަކަށް ނުވަތަ މި މިވެރިކަން ނޫން އެހެން ވެރިކަމެއް މިފަސްގަނޑުން ފެނުމަކީ ދިވެހިންގެ އެންމެ ބިޑު ނަސީބުކަމުގައި ނޫނީ ނުވާނެއެވެ. އިތުރު ތަފްސީލް.

Layout and design by - Suren Suren