މައުމޫނަށް ދީނީ ޢިލްމުވެރިންގެ ރައްދު

16 ސެޕްޓެމްބަރު 2008 ވީ އަންގާރަދުވަހުރޭ ޓީވީމޯލްޑިވްސްގެ "ސިޔާސަތު" ޕްރޮގްރާމްގައި އިސްލާމް ދީނުގެ ޙުކުމްތަކާ ބެހޭގޮތުން ޑީއާރުޕީގެ ޒަޢީމު މައުމޫން ޢަބްދުލްޤައްޔޫމް ދެއްކެވި ވާހަކަތަކާ ބެހޭގޮތުން ރާއްޖޭގެ 43 ދީނީ ޢިލްމުވެރީން ރައްދުގެ ފަތުވާއެއް ވަނީ ނެރެފައެވެ.

މައުމޫނަށް ޢިލްމުވެރިގެ ގޮވާލުން

އަޅުގަނޑުމެންނަކީ އިސްލާމް ދީން ކިޔަވައިގެން އެދީން ފެތުރުމަށާއި ދީނުގެ ޙައްޤު ބަސް މީސްތަކުންނަށް އަންގައި ދިނުމުގެ މަސްއޫލިއްޔަތު ﷲގެ ޙަޟުރަތުން އުފުލައިގެން ތިބި ބަޔަކު ކަމުގައިވާތީވެ އަލްއުސްތާޛު މައުމޫނު ޢަބްދުލް ޤައްޔޫމުގެ އިސްލާމް ދީނާ ޚިލާފު މިޢަމަލުތަކަށް އިންކާރުކޮށް އޭނާއަށް މިކަންތައްތަކުން އެއްކިބާވެ ޙައްޤުމަގަށް ރުޖޫޢަވުމަށާއި އޭނާގެ ޢަޤީދާ އިޞްލާޙު ކުރުމަށާއި މާތް ﷲ އަށް ބިރުވެތިވެ ތައުބާވުމަށް އެދި އިލްތިމާސްކޮށް ގޮވާލަމެވެ. އަދި ރާއްޖޭގައި ތިއްބެވި ޢިލްމުވެރިންގެ ތެރެއިން އަޅުގަނޑުމެންގެ މިބަޔާނުގައި މިވަގުތަށް ހިމެނިފައިނެތް ބޭފުޅުންނަށް ވެސް އެބޭފުޅުންގެ އިސްތަށިފުޅުގައި މާތް ﷲ އަޅުއްވާފައިއޮތް ޒިއްމާ އަދާކުރެއްވުމަށް އެދޭޙާލު، އެބޭފުޅުންގެ ފަރާތްޕުޅުން ވެސް މައުމޫނުގެ އަރިހަށް ނަޞީޙަތުގެ ބަސްފުޅެއް ލިއުއްވުމަށާއި އޭނާގެ ކިބައިން ޙައްޤުމަގަށް ރުޖޫޢަވެ ވަޑައިގަތުމަށް އެދި ދެންނެވުމަށް ވަޞިއްޔަތްކުރަމެވެ. އިތުރު ތަފްސީލް.. .

Layout and design by - Suren Suren